ads
އާރުޓީއެލް ފެރީތައް: ހުވަދު އަތޮޅުގައި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ހިދުމަތް ފަށަން އާރުޓީއެލް ފެރީތައް ތިނަދޫއަށް، ދަތުރުތައް ބުރާސްފަތީގައި
ހުވަދު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ގދ. ތިނަދޫއަށް ގޮސްފިއެވެ.
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އާރުޓީއެލް ފެރީގެ ހިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހަފުތާއެއް ވަންދެން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ އެ ދަތުރުތަކަކީ އާރުޓީއެލް ފެރީގެ ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދަތުރުތަކެއް ކަމަށެވެ. އަގު ނަގައިގެން ރަސްމީކޮށް ފެރީގެ ހިދުމަތް ދޭން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހުވަދޫގައި އާރުޓީއެލްގެ ހިދުމަތް ފެށުމުގެ ގޮތުން ހަ ފެރީ އެ އަތޮޅަށް ފޮނުވާފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ފެރީތައް އެ އަތޮޅަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހިދުމަތްދިނުމަށް 10 ފެރީއެއް އެ އަތޮޅުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

your imageއާރުޓީއެލް ފެރީއެއް: ހުވަދު އަތޮޅުގައި ހިދުމަތް ފެށުމަށް ފެރީތައް ތިނަދޫއަށް ވަނީ ގޮސްފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ

ހުވަދު އަތޮޅަކީ އާރުޓީއެލް ފެރީގެ ހިދުމަތް ފަށާ ފަސްވަނަ އަތޮޅެވެ. އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ ދެވަނަ ފިޔަވަހީގަައި ހިމެނޭ ޅ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައެވެ.

ޅ. އަތޮޅުގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ، ގއ، ގދ، ޏ އަދި ސ އަތޮޅުގަައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވަނީ ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފެށިފަހުން އަހަރެއްވެފައިވާއިރު، 260،000 އަށްވުރެ ގިނަ މީހުން ވަނީ ހިދުމަތް ހޯދާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފެށުމެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް