ads
ގައިދީންތަކާއިއެކު ކަރެކްޝަންސްގެ އޮފިސަރުންތަކެއް
ގައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
މާފުށީ ޖަލުގައި ތިބި ގައިދީންނަށް ހާއްސަ ކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ މި ޕްރޮގްރާމަކީ ރިހެބިލިޓޭޝަން ފްރޭމްވަކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް ކަމަށެވެ. މިި ބެޗްގައި 55 ގައިދީއަކު ބައިވެރިވާއިރު، އެއީ މުޅިން ވެސް ފިރިހެން ގައިދީންނެވެ.

ކަރެކްޝަންސް އިން ބުނީ ރިހެބިލިޓޭޝަން ފްރޭމްވާކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެ މީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖުތަމައަށް ނުކުންނަ އިރު އެ މީހުންނަކީ އާމްދަނީއެއް ލިބޭނެ ފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކް އެކުލެވެނީ ހަތަރުު ފޭހެއްގެ މައްޗަށެވެ. އެއީ ގައިދީންގެ ކިބައގައި "ޑިސިޕްލިން" ބިނާކުރުމާއި އެ މީހުންނަށް "ސައިކޮލޮޖީ ޕްރޮގްރާމްތައް" ހިންގުމާއި "އެޑިއުކޭޝަން އަދި ވޮކޭޝަން" ދަސްކޮށް ދިނުމުގެ އިތުރުން "ޕްރިޒަން ކޮމިއުނިޓީ ސާވިސް” އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް