ads
މާރިޔާ އަދި ރައީސް ސޯލިހް
ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް، ސޯލިހުއަށް އިތުރުދައުރެއް ދޭންޖެހޭ: މާރިޔާ
މިސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް އެބައޮތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދިދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އިއްޔެ ރައީސް ސޯލިހުގެ ކެމްޕެއިން ދޮރުންދޮރަށް ފެއްޓުމުގެ ހަރަކާތުގައި " ސީއެންއެމްއަށް" ދިން ބަސްދީގަތުމެއްގައިއެވެ. 

 މާރިޔާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އާރުލާ ގޮތެއްގައި ދެމެހެއްޓުމަށް ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ. މިހާރު މިދަނީ ވަރަށް އަމާންދުވަސްތަކެއް ކަމަށާއި، ކުރިން މާލޭ މަގުމަށްޗަށް ބަލާލިޔަސްް ވަރަށް ބައިވަރު އިންސިޑެންޓްތައް ހިނގާފައިވާ ކަމަށެވެ. 

ރާއްޖޭގެ ރައްޔިތުން އެދެނީ ހަމަޖެހިގެން ދިިރިއުޅެން ކަމަށާއި، ގާނޫނީ ވެރިކަމެއް ކުރުމަށް އެދޭ ކަމަށެވެ. 

ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ އެމްޑީޕީ ޕްރައިމަރީ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑުތަނުން ކުރިހޯއްދަވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް