ads
އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
"އިންޑިއާ ފަސްޓް" އަކީ ރައީސް ޔާމިންގެ ސިޔާސަތެއް: ޝިޔާމް
"އިންޑިއާ ފަސްޓް" އަކީ ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖެއިން ގެންގުޅެން ފެށި ސިޔާސަތެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީއެއްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޕީޕީއެމްގެ ހާރިޖީ ސިޔާސަތަކީ އިންޑިއާއާއި ދުރު ސިޔާސަތެއް ނޫންކަމަށެވެ. 

"އިންއާ ފަސްޓް އަކީ ވެސް ރައީސް ޔާމިންގެ ވެރިކަމުގައި ފެއްޓެވި ސިޔާސަތެއް. މިކަމުން އެނެގެނީ ޕީޕީއްމެގް ސިޔާސތުތައް އިންޑިއާ ދުރުނުވާނެކަން،" -ޝިޔާމް-

ޝިޔާމް މިހެން ވިދާޅުވި ނަމަވެސް، އިދިކޮޅު ޕްރޮގްރެސިބް ކޯލިޝަނުން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. 

އޭނާ ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ޗައިނާއާއި ގުޅުން ބަދަހިކޮށް، އެ ގައުމުގެ މާލީ އެހީތެރިކަން ހޯދީ "ފަސޭހައިން އަގުހެޔޮކޮށް ލިބެންހުރުމުން" ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއިއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހާސިލުވެފައިވާ ކަންކަން ފެންނަން އެބަހުރި،" ކަމަށް ވެސް ޝިޔާމް ވިދަޅުވިއެވެ. 

ރައީސް ޔާމިންގެ ބައެއް މައްސަލަތައް އަދިވެސް ކޯޓުތަކުގައި ހިނގަމުން އަންނައިރު، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމުން ސަލާމަތްވުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޕީޕީއެމް އިން އެންމެ ފަހުން ބުނެފައިވަނީ ރައީސް ޔާމިންގެ މައްސަލަ ކޯޓުން ނުނިމުނަސް އިލެކްޝަންސް ކޮމިޝަނަށް ކެނޑިޑެސީ ހުށަހަޅާނެކަމަށެވެ. ނަމަވެސް އީސީން ބުނަނީ ކެނޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ދިން ނަމަވެސް، ކޯޓުން ވަކިގޮތެއް ނުނިމެނީސް ކެނޑިޑެސީ ގަބޫލު ނުކުރާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް