ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ށ އަތޮޅަށް ވަޑައިގެންނެވި އުޅަނދު
ނަމޫނާ ދައްކަވާ، ކެމްޕެއިނުގައި ރައީސް އަމިއްލަ އުޅަނދެއް ބޭނުން ކުރައްވަނީ!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ކުރައްވާ އަމިއްލަ އުޅަނދަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެމްޑީޕީގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅަކު ކުރެއްވި ޓްވީޓްއެއްގައި ބުނެފައިވަނީ ކެމްޕެއިނު ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވަނީ އަމިއްލަ ލޯންޗެއް ކަމަށާއި އަދި ކުރީގެ ރައީސުން މިފަދަ ދަތުރުތަކުގައި ބޭނުންކުރީ ސަރުކާރުގެ އުޅަނދުތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ލޯންޗުގެ ފޮޓޯއެއް ވެސް އެ ޓްވީޓުގައި ވަނީ ހިއްސާކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަންނަވާނެ އެވެ.

your imageރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ށ އަތޮޅަށް ވަޑައިގެންނެވި އުޅަނދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމް.ޑީ.ޕީގެ އިސް ފަރާތްތަކާއި، އަންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކުރީގެ ރައީސުން ކެމްޕެއިންގައި ރިޔާސީ ލޯންޗުކޮޅާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވި ނަމަވެސް ރައީސް ސޯލިހް އެކަން ނުކުރައްވާ މިއަދު އަމަލު ކުރައްވަން މި ފެއްޓެވި "އާ ފެށުމާއި އެކު" އެމަނިކުފާނުގެ މަގުބޫލުކަން އިތުރުވުން ގާތެވެ. އަދި ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތް ބޭނުން ކުރުން ހުއްޓުވަން އެމަނިކުފާނުގެ އިސް ނެންގުވުން ތާރީހުގައި ލިޔާނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ" އެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. 

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް