ads
އެސްޓީއޯގެ 'ރަމަޒާން ބާޒާރު' ގެ މި އަހަރުގެ ނަސީބުވެރިން ވަނީ ހޮވާފައި.
އެސްޓީއޯގެ 'ރަމަޒާން ބާޒާރު' ގެ ނަސީބުވެރިން ހޮވައިފި
ރޯދަ މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިހާރަތަކުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ 'ރަމަޒާން ބާޒާރު' ގެ މި އަހަރުގެ ނަސީބުވެރިން ހޮވައިފިއެވެ.

މި އަހަރުގެ 'ރަމަޒާން ބާޒާރު' ކުރިއަށް ގެންގޮސްފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

'ރަމަޒާން ބާޒާރު' ގެ ބޮޑު އިނާމެެއްގެ ގޮތުގައި މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ލިބޭ އުމްރާ ދަތުރެކެވެ. އެ ދަތުރު ލިބިފައިވަނީ އަބްދުއްރަހްމާން އަބްދުލް ގާދިރުއަށެވެ.

ބޮޑު އިނާމުގެ އިތުރުން އިތުރު ތިން ނަސީބުވެރިއަކު ހޮވަައި އަގުހުރި އިނާމުތަކެއް ދީފައިވެއެވެ. އެ ތިން ފަރާތަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މުދާ ނެގުމަށް 4،000 ރުފިޔާގެ ވައުޗަރު ވަނީ ލިބިފައެވެ.

މި އަހަރުގެ 'ރަމަޒާން ބާޒާރު' އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައާއި މަކިޓާ ޝޯ ރޫމާއި ނިޕޯން ޝޯ ރޫމުގެ އިތުރުން އަތޮޅުތަކުގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ މުދަލުން ޑިސްކައުންޓުތައް ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް