ads
ވެލެންސިޔާގެ އެންމެ އިސް އޮފިޝަލް އަދީލް ޖަލީލް ރައީސް ޔާމީނާއެކު
އޭއެފްސީން ވެލެންސިޔާ 20000 ޑޮލަރުން ޖޫރިމަނާކޮށްފި
އޭއެފްސީ ކަޕުގައި ކުޅެން އޮތް މެޗު ނުކުޅެ، މުބާރާތުން ކްލަބު ވެލެންސިޔާ މިދިޔަ އަހަރު ވަކިވި މައްސަލައިގައި އެ ކްލަބު 20،000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
Advertisement

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ޕްރިލިމިނަރީ ދެވަނަ ބުރުގައި ވެލެންސިޔާއިން މެޗު ނުކުޅެ ދޫކޮށްލީ ބަންގްލަދޭޝްގައި އަބްހާނީ ލިމިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. މާލީ މައްސަލަތަކާ ހުރެ ވެލެންސިޔާ އެ މެޗު ކުޅުމަށް ދަތުރު ނުކުރެއެވެ. އެކަމާ ގުޅިގެން އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު 20،000 ޑޮލަރުން ކްލަބު ވެލެންސިޔާ ޖޫރިމަނާކުރީއެވެ. އޭއެފްސީ ނިންމާފައިވަނީ 20،000 ޑޮލަރުން ޖޫރިމަނާ ކުރިނަމަވެސް އޭގެ ތެރެއިން 15،000 ޑޮލަރު، ކުރިއަށް އޮތް ދެ އަހަރު ތެރޭ ވެލެންސިޔާގެ އެ ފަދަ މައްސަލަ އެއް ދިމާ ނުވެއްޖެނަމަ މާފުކޮށްދޭށެވެ.

އޭއެފްސީ މުބާރާތް ފެށުމަށް ފަހު މުބާރާތުން ރާއްޖޭގެ ކްލަބެއް މީގެ ކުރިން ވަކިވެފައެއް ނުވެއެވެ.  

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަންގައި، ކްލަބު ވެލެންސިޔާއަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީ ހުރި މައްސަލައިގައި، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ކްލަބު ވެލެންސިޔާގެ ޓްރާންސްފަރވެސްވަނީ ބޭންކޮށްފައެވެ. ފީފާއިން ވެލެންސިޔާއަށް ފިޔަވަޅު އެޅި މީ ދެވަނަ ފަހަރެވެ. މީގެ ކުރިން، ލޯކަލް ޓްރާންސްފާ މަނާކުރުމަށް ފަހު، މި ފަހަރު މަނާކޮށްފައިވަނީ އިންޓަނޭޝަނަލް ޓްރާންސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލެންސިއާގެ ހުރި މުސާރަ މައްސަލަތައް ހައްލުނުކޮށް ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ވެލެންސިޔާއަށް އާ އެއްވެސް ކުޅުންތެރިއެއް ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.

މުސާރަ މައްސަލައިގައި ވެލެންސިޔާއަށް ފީފާގެ އަދަބު، އަދި އޭއެފްސީ ކަޕުން ވަކިވުމާ ގުޅިގެން އޭއެފްސީގެ އަދަބު ވެލެންސިޔާއަށް ކުރިމަތިވީއިރު، އެފްއޭއެމުން އެކަމުގައި މާ ބޮޑު ކަމެއް ކުރަމުން އަންނަތަނެއް ނުފެނެއެވެ. މީގެ ކުރިން ކުޅުންތެރިންނަށް މުސާރަ ނުދީގެން ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓާ ވިކްޓްރީ ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް އޮތުމަށް ފަހު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެސް ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް