ads
ޕީޖީ ޝަމީމް
ސިޔާސަތަކީ އެކްސިޑެންޓުތަކުގައި ޖިނާއީ ދައުވާކުރުން: ޕީޖީ ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މިހާރުގެ ސިޔާސަތަކީ އެކްސިޑެންޓުތަކުގައި ޖިނާއީ ދައުވާކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު ޝާއިއުކުރެއްވި ލިޔުމެއްގައެވެ.

"އެކްސިޑެންޓުގެ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް، އެއީ ކުށް ހީއެއް. މިހާރުގެ ސިޔާސަތަކީ ވެސް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާކުރުން. އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ކޯޓުގައި ހިނގަމުއެބަދޭ،" - ޕީޖީ ޝަމީމް-

އެކްސިޑެންޓްވާއިރު ލައިސަންސް ނެތް ނަމަ، އެއީ ފަރުވާ ކުޑަ އަމަލެއްގެ ދަރަޖައިން ދައުވާ ކުރެވޭނެ ކަމަށާއި، ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި ހުރި ނަމަ، ގަސްދުގެ ދަރަޖައަށް މަތިކޮށް، އަދަބު ބޮޑު ކުރެވޭނެ ފުރުސަތު ގާނުނުލް އުގޫބާތުން ލިބޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިގެން މަރުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ކުރެވޭނެ. އެކްސިޑެންޓްތަކުގައި މީހުންނަށް ލިބޭ އަނިޔާތަކާ ގުޅިގެންނާއި އެކްސިޑެންޓްތަކުގައި މީހުންގެ މުދަލަށް ލިބޭ ގެއްލުންތަކާ ގުޅިގެން ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެ،"

ޝަމީމް ވިދާޅުވީ އެކްސިޑެންޓު ވުމަކީ ކުށެއް ނޫންކަމަށް ބަލައިފި ނަމަ ގަސްދުގައި އެކްސިޑެންޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެކަމަށެވެ. 

ދާދިފަހުން މާލޭގައި ވަނީ ލައިސަންސް ނެތި ސައިކަލު ދުއްވަނިކޮށް 22 އަހަރުގެ ޒުވާނެއްގެ ސައިކަލު ގޮސް އެމްއެންއޫ ލެކްޗަރާއެއްގެ ގައިގައި ޖެހި އެނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެ ޒުވާނާ ވަނީ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް