ads
ވަންގަވް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ސަލްޓަންޕަކުގައި.....
ވަންގަވްގެ ހިދުމަތަކީ އެއް ދޮރަކުން ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން: ޓްރޭޑްނެޓް
ވަންގަވްގެ ހިދުމަތަކީ އެއް ދޮރަކުން އެއްފަހަރާ އެތައް ފަސޭހައެއް ލިބޭނެ ހިދުމަތެއް ކަމަށް ޓްރޭޑްނެޓުން ބުނެފފިއެވެ.

ޓްރޭޑް ނެޓުން ބުނީ މި ހިދުމަތަކީ ފަސޭހައިން ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށާއި، އެއްތަނަކުން ހުރިހާ ހިދުމަތެއް ލިބޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހިދުމަތެއް ކަމަށެވެ.

މި ހިދުމަތުގެ އާންމު މައުލޫމާތު ފަސޭހަ ކަމާއި އެކު ދެވޭނެ އިދާރާތައް ފުވައްމުލަކުއާއި، އައްޑޫގެ އިތުރުން މާލޭގައިވެސް ގާއިމް ކުރެވިފައިވާ ކަމަށް ޓްރޭޑްނެޓުން ބުނެފައިވެއެވެ.

ޖުލައި ދިހަ ވަނަ ދުވަހަކީ ޒަމާނީ ޢާންމު ޚިދްމަތްތަކަށް ރާއްޖެއިން ކުރާ ދަތުރުގައި، ފަސޭހަކަމާ އެކު ސަރުކާރުގެ ޚިދްމަތްތައް މެދުނުކެނޑި އެކުލެވިގެންވާ، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުމުގެ ޝަރަފު ލިބު ދުވަހެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަންގަވް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ސަލްޓަންޕަކުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތިގައި ރައީސުލް ޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ ވަން ގަވް އަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށާއި، ސަރުކާރުގެ އެންމެ ހާއްސަ ސިފަޔަކީ އެމީހަކު ހުރިތަނަކުން ހޯދަން ބޭނުންވާ ހިދުމަތް ލިބިގަތުން ކަމަށެވެ.

your imageވަންގަވް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ސަލްޓަންޕަކުގައި:ރައީސް ވާހަކަފުޅު ދައްކަވަނީ 

އަދި ރާއްޖެކަހަލަ އަތޮޅުތަކަށް ބެހިގެންވާ ގައުމަކަށް މިއީ މުހިންމު ހިދުމަތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ބޭނުންވާ ލަޑުދަޑިއަށް ވާސިލް ވެވޭނީ ޑިޖިޓަލް ގައުމަކަށް ރާއްޖެ ބަދަލު ވެގެންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައި ވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް