ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބްލޮކް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ފެތުރެމުންދާ ވާހަކަތަކަކީ ސައްހަ ނޫން މައުލޫމާތު ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

Advertisement
ސަރުކާރުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ކުރުމަށް ސަރުކާރުން ނިންމާފައި ނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް މަޝްވަރާ ކުރެވިފައިވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއެރުވުން ކަމަށް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވިއެވެ.
"މި ހައްގުތައް ގާނޫނު އަސާސީގެ އިންތަކާއި ހުދޫދުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
- ސޯޝަލް މީޑިއާ ބްލޮކް ކުރާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު
- ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވޭ
- ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް
- ގާނޫނު އަސާސީގެ އިންތަކުގެ ތެރެއިން ރައްޔިތުންގެ މިނިވަންކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ