ads
ފެމެލީ ކޯޓް
ދަރިންނަށް ހަރަދުނުދޭ މީހުންގެ ވަނަވަރު އާއްމުކުރަން ފަށައިފި
ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް ކޯޓުތަކުން އާއްމުކުރަން ފަށައިފިއެވެ.
Advertisement

ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާއްމުކުރަން ފަށަފައިވަނީ ބައެއް މެޖިސްޓްރޭޓް ކޯޓްތަކުންނެވެ. 

އެގޮތުން ދަރިންގެ ހަރަދު ނުދޭ މީހެއްގެ މައުލޫމާތު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ. މީގެއިތުރުން ދަރިންނަށް ހަރަދު ނުދޭ މީހެއްގެ މައުލޫމާތު ހިންންވަރު މެޖިސްޓްރޭޓް ކޯޓުންވެސް ވަނީ އާއްމުކޮށްފައެވެ. 

ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް މެޖިސްޓްރޭޓް ކޯޓުން އާއްމުކުރި ނަމަވެސް މާލޭގައި ހުންނަ ފެމެލީ ކޯޓުން މިހާތަނަށް އެފަދަ މީހެއް މައުލޫމާތު އާއްމުކޮށްފައެއް ނުވެެއެވެ. 

ކޯޓުން ހުކުން ކުރުމުން ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލައެވެ. އާއިލާއާ ބެހޭ ގަވާއިދުން ދަށުން އެ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާންކުރަން ހުއްދަ ލިބެއެވެ. 

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދު ބުނާ ގޮތުން އެންމެ ކުއްޖެއް ހުރި ނަމަ ހަރަދުގެ ގޮތުގައި މަހަކު 2000 ރުފިޔާ ދައްކަންޖެހެއެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1000 ރުފިޔާގެ މަގުން ހަރަދު ދޭންޖެހެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް