ބައެއް ނޫސްތަކުން ރިޕޯޓުކިރާގޮތުން އެ ވެލާތައް އެ ރަށު މީހަކަށް ފެނުނީ މިއަދު ހެނދުނު 11:00 ހާއިރު އެވެ.
އެ ވެލާ ސަމާލަތް ކުރީ އެރަށުގެ 7 ވަރަކަށް މީހުން ގުޅިގެން ކުރި މަސައްކަތުންނެވެ. އެމީހުންވަނީ ދާގަނޑާއެކު ދެ ވެލާ އެއްގަމަށް ގެނެސް ދާނގަނޑު ކޮށާލައިގެން ވެލާތައް ސަލާމަތްކޮށްފައެވެ.
ވެލާތައް ސަލާމަތްކުރިއިއިރު އެތަނުން އެއްވެލާއަށް ވަނީ ނަރު ދާގަނޑުގައި އޮޅިފަ އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ރާއްޖޭގައި ވެލާ ކަނހަނބު ހިފުން މަނާކޮށްފައިވަނީ މީގެ 27 އަހަރު ކުރިންނެެވެ. އަދި ބިސް ނެގުން މަނާކުރީ މީގެ 17 އަަހަރު ކުރިންނެވެ.