ads
ކެޔޮދޫއިން ފަޅާފައިވާ ވެލާ
ވެލާ ފެޅި ބަޔަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި
ބ އަތޮޅު ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ހަތް މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ޖޫރިމަނާކުރީ މިދިޔަ މަހުގެ 20 ގައެވެ. ޖޫރިމަނާ ދެއްކުމަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވަމީ ދީފައެވެ. 

ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން މައުލޫމާތު ދީފައިވެއެވެ. މިކަން އީޕީއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ. 

އެ އިދާރާ އިން ކުރިން ބުނި ގޮތުގައި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވީ ފަސް ފިރިހެނުންގެ ގޫރަޕަކުންނެވެ. އެ އެންމެނަކީ ވެސް ބ. ކެންދޫ މީހުންނެވެ.

ކެޔޮދުއަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތިނެއްގަ އެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭއާ ހިއްސާކުރީ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.

44%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް