ads
ޑރ. ޖަމީލް އަދި އަލީ ހުސައިން
ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމުން ކޮށްފި
ސަރުކާރުގެ ފަރަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ޖުމްހޫރީ ޕާޓީން އަދި ޕީޕީއެމުން ކޮށްފިއެވެ.

އެ ދެ ޕާޓީގެ އިސްވެރިން މި ތުހުމަތު މިއަދު ކޮށްފައިވަނީ ވަކިވަކިންނެވެ. 

މިގޮތުން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަޜީ ގުރޫޕުގެ މެންބަރު އަލީ ހުސެން މިއަދު ވިދާޅުވީ، މިއަދު ވެސް ޖުޑީޝަރީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

"ޖުޑީޝަރީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގެ ދަށުގައި. ގިނަ ފަނޑިޔާރުން ތިބީ ނުހައްގުން ސުލޫކީ ވެދާނެތީ ބިރުން،" -އަލީ ހުސެއިން-

މީގެ އިތުރުން ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމު ލީޑު ކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ އަތްބާނާ ކަމުގެ ފުރިހަމަ ހެކި އެބަހުރި ކަމަށެވެ. ނަމަވެސް އެ ހެކިތަކަކީ ކޮބާކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަރީއަށް ނުފޫޒު ފޯރުވާކަމަށް މި ދެ ޕާޓީން ތުހުމަތުކޮށްފައިވާއިރު، އިއްޔެ ށ. އަތޮޅަށް ވަޑައިގެން ނޫމަރަގައި ބޭއްވި ކެންޕޭނު ހަރަކާތުގައި ރައީސް ސާލިހު ވަނީ އެންމެ ބޮޑު އިސްކަމެެއް ދީގެން ކުރިއަށް ގެންދާ އެއް މަސައްކަތަކީ ހުކުމް ކުރުމުގެ ބާރާއި އިހްތިޔާރު ކޯޓްތަކަށް ދިނުން ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް