ads
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު، ފޮޓޯ: ޔޫތު މިނިސްޓްރީ
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖޭގެ އަރީފް، ނާސިހު އަދި މިގްލާލް ތިންވަނަ ބުރަށް
ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ތިންވަނަ ބުރުގެ ޖާގަ ރާއްޖޭގެ ހުސައިން އަރީފް، ހަސަން ނާސިހު އަދި އިސްމާއީލް މިގްލާލް ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭގެ ހަ ސާފަރުން ވާދަކުރެއެވެ. މި ހުރިހާ ބައިވެރިންވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުގައި ވާދަކޮށްފައެވެ. 

ރާއްޖޭގެ ހުސެން އަރީފު ތިންވަނަ ބުރުގެ ޖާގަ ހޯދީ އޭނާ ވާދަކުރި ދެ ހީޓުގެވެސް އެއްވަ ހޯދައިގެންނެވެ. ފުރަތަމަ ބުރުގައި އޭނާ ވަނީ 12.33 ސްކޯ ކޮށްފައެވެ. ތިންވަނަ ބުރުގެ ޖާގަ ހޯދީ ދެވަނަ ބުރުގެ ދެވަނަ ހީޓުގައި 9.94 ސްކޯ ކޮށްގެންނެވެ. 

ނާސިހް ތިންވަނަ ބުރުގެ ޖާގަ ހޯދީ ދެވަނަ ބުރުގެ ފުރަތަމަ ހީޓުގައި އަށް ޕޮއިންޓު ހޯދައިގެން ހީޓުގެ ދެވަނަ މަގާމުގައެވެ. މި ހީޓުގައި ވާދަކުރި ރާއްޖޭގެ އާދަމް މުއީން އިބްރާހީމާއި ޖައިލަމް ނިޒާރަށް ތިންވަނަ ބުރުގެ ޖާގަ ހޯދޭ ގޮތް ނުވިއެވެ. 

މިގްލާލް ތިންވަނަ ބުރަށް ދަތުރުކުރީ ދެވަނަ ބުރުގެ ތިންވަނަ ހީޓުގައި 8.17 ސްކޯކޮށް، ހީޓުގެ ދެވަނަ މަގާމު ހޯދައިގެންނެވެ. 

މުބާރާތް ކުރިއަށްދަނީ މާލެ އަތޮޅު ތުލުސްދޫގައެވެ. މިއަހަރުގެ މުބާރާތުގައި 18 ގައުމަކުން ޖުމްލަ 87 ސާފަރުން ވާދަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް