ads
އިހަވަންދޫގައި ހިއްކާފައިވާ ސަރަހައްދު: އަހަރު ދުވަސްފަހުން މަސައްކަތް އަލުން ފަށަން ވަނީ ތައްޔާރުވެފައި - ފޮޓޯ:އެމްޓީސީސީ
އަހަރު ދުވަސް ފަހުން އިހަވަންދޫ ބިން ހިއްކަން އަލުން ފަށަނީ
ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
Advertisement

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފެށުމަށް އެމްޓީސީސީން ތައްޔާރުވެފައި ވަނީ އެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރު ދުވަސް ފަހުންނެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިން ހިއްކާ ނިމުނުފަހުން ޑްރެޖަރު ހަލާކުވުމާ ގުޅިގެން މަރާމާތު ކުރުމަށް ވަނީ ގެންގޮސްފައެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް އެމްޓީސީސީން ވަނީ ބެލްޖިއަމުން ބޮޑު ޖައްރާފާއެއް ގެނައުމަށް ނިންމާފައެވެ. އެމްޓީސީސީން ބުނީ އެ ޖައްރާފާ މާދަމާ އެ ރަށަށް ބަނދަރު ކުރާނެ ކަމަށެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އިހަވަންދޫ ބަނދަރު ހިއްކުމުގެ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. މާދަމާ ޑްރެޖަރު ގާތްކުރާނެ ކަމަށާއި ލަސްވެގެން މި މަހުގެ 12 ވަނަ ދުވަހު ބިން ހިއްކަން ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފަައިވަނީ ގާތްގަނޑަކަށް އަށް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެއަށްފަހު ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

your imageއިހަވަންދޫގައި ހިއްކާފައިވާ ސަރަހައްދު - ފޮޓޯ:އެމްޓީސީސީ

މި މަޝްރޫއާ ބެހޭގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ އެ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނުވާނެ ބޮޑު މަޝްރޫއެއް ކަމުގައެވެ. އިހަވަންދޫއަކީ ރަށުގައި ދިރިއުޅޭ އާބާދީ ބޮޑު ރަށެއްކަން ފާހަގަކުރައްވާ ޝިފާއު ވިދާޅުވެފަައިވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް، ސިނާއީ މަސައްކަތްތައް ކުރުމަށް ބިން ބޭނުންވާ ކަމަށެވެ.

އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ އެކަމުގައި އޮތް ކަމެއްކަމަށް ރަށު ކައުންސިލުގެ ރައީސް އަހްމަދު ސަބާހް ވިދާޅުވިއެވެ. ސަބާހް ވިދާޅުވީ މި މަޝްރޫއަކީ ރަށުގެ ތަރައްގީ އާ ސީދާގޮތުން ގުޅިފައިވާ މަޝްރޫއަކަށްވުމާ އެކު ގިނަ ކަންތައްތަކެއް ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލިއިރު މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިމެނޭގޮތަށް ޕްލޭންތައް އެކަށައަޅާފައިވާ ކަމަށް ސަބާހް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް