ads
ރ. ވާދޫ ކުރީގެ ކަތީބް މުހައްމަދު އިބްރާހިމް
ބައިގަރުނު ކަތީބު ކަމުގައި، ރ. ވާދޫ ތައުލީމުގެ ބާނީ!
ޒަމާން ބަދަލުވެއްޖެއެވެ. ކުޑަ ތަރައްގީން ބޮޑު ތައްގީ އާއި ދިމާލަށް ރަށްތައް ވަނީ މިސްރާބު ޖަހާފައެވެ. މިއީ ކޮންމެ ރަށެއްގަވެސް ވާހަކައެވެ. ކަތީބު ޒަމާނުގައި ތަރައްގީ ގެނެވިފައި ހުރި ގޮތާާއި، ކައުންސިލް ދައުރުގައި ތަރައްގީ ގެނައުމުގައި ހުރި ލެވެލްތަކުގެ ވާހަކަ. ކަތީބަކު ބުނި 'އޭރު ގެނެވުނު ތަރައްގީ އަކީ މިހާރަށްވުރެ މާބޮޑަށް މާ ބުރަކޮށް ކުރެވުނު މަސައްކަތް" ކަމަށެވެ.
Advertisement

އުމުރުން 91 އެއް އަހަރުގެ މުހައްމަދު އިބްރާހީމް އަކީ ރ. ވާދޫ ގެ ހިންގުންތެރި ކަތީބެވެ. އޭނާގެ ފަހަތުގައި މަސައްކަތް ކުރީ އެންމެ ދެ ތިން މީހެކެވެ. އެއީ މުޅި ރަށެއްގެ ރައްޔިތުން ބެލުމާއި ހަވާލުވެ އެ ރައްޔިތުންގެ ތަރައްގީއަށް ރަށަށް މަސައްކަތް ކުރުމަށެވެ.

ވަޒީފާ އަށް ނުކުތީ ޒުވާން އުމުރުގައެވެ. ފުރަތަމަ މުދިމެއްގެ ވަޒީފާގައި އުޅުމަށްފަހު ކަތީބު ކަމަށްބަދަލުވީ އަތޮޅު އޮފީހުގެ އެންގުމުންނެވެ. ދައުލަތަށް އޭނާވަނީ ހިދުމަތެއް ކޮށްދީފައެވެ. 49 އަހަރުވަންދެނެވެ. އެއީ ބައިގަރުނެވެ. އެ ދުވަސްތަކުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވާދޫ އަށް މުހައްމަދަު ކޮށްދީފައިވަނީ  ތައުލީމީ ޖީލެއް ބިނާ ކުރުމަށް މަދުރަސާއެއް ރަށުގައި ގާއިމު ކޮށްދިނުމެވެ. އެރަށުގެ ފުރަތަމަ މަދަރުސާ އަކީ މުހައްމަދުގެ ގާއިމް ކުރި މަދަރުސާ އެކެވެ. އޭނާ އަކީ އެރަށުގެ ތަައުލިމްގެ ބާނީ އެވެ.

your imageރ. ވާދޫ މުހައްމަދު އިބްރާހިމ ކަތީބްކަމުގެ ދުވަސްވަރު ސަރުކާރުގެ އިސްބަޔަކާއެކު......

މިއީ މުޅި ވާދޫ ހެކިވާކަމެއްކަމަށް އެރަށުގެ އެތައް ބަޔަކު ބުނެއެވެ. މުހައްމަދުގެ ކާފަ ދަރިއެއް ކަމަށްވާ މުހައްމަދު ޝަފީގް ވިދާޅުވީ ކާފަގެ ކަތީބް ޒަމާނުގައި އެންމެ ބޮޑަށް ފެންނުނީ ކާފަގެ ހިންގުންތެރިކާއި ޒުވާންކަންކަމެވެ. ސުނާމީ ކާރިސާ ދިމާވެގެން އުޅުނު އިރުވެސް ކާފަގެ ފަރާތުން ފެނުނީ ހިތްވަރެވެ. އޭރުވެސް އުމުރުގެ ގޮތުން ބަލި ކަމަށާއި، ނަމަވެސް އެ ދުވަހު އެ ކަންތައް ފާހަގަ ނުވާ ކަމަށެވެ. އޭރު ކާފަ ހުންނެވީ ކަތީބު ކަން ދޫކުރެއްވުމަށްފަހު އަތޮޅު އޮފީހުގެ ހާއްސަ އެހީތެރިޔާގެ ގޮތުގައި ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ. 

މުހައްމަދު އިބްރާހިމް ބުނީ އޭނާ ކަތީބު ކަމުގައި 49 އަހަރާއި، ނުވަ މަހާއި، ނުވަ ދުވަސްވަންދެން ހޭދަކުރެއްވި ކަމަށެވެ. އަދި އެ ދުވަސްވަރަކީ ވަސީލަތްތައް މަދު ޒަމާނެއް ނަމަވެސް ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރިވިފައިވާ ކަމަށާއި، ރަށުގެ ބަދަރާއި، މިސްކިތްތަކާއި، މަގު ހެނދުމުންފެށިގެން ގޮސް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

މިހާރެކޭ އެއްގޮތަށް ގިނަ ކައުންސިލަރުންނާއެކު އޭރު އޮފީސް ނުހިންގާ ކަމަށާއި، މަސައްކަތުގައި އޮފީހުގައި ތިބެނީ ގިނަވެގެން ހަތަރެއް ނުވަތަ ފަސް މުއައްޒަފުން ކަމަށެވެ. އެއީ ބޮޑު ކަތީބު އާއި ކުޑަކަތީބު އަދި ސެކެޓްރީއާއިއެކު މަސައްކަތު މިހާއާއި، ކަމަށްވެސް މުހައްމަދު ވިދާޅުވިވެ.

މުހައްމަދުގެ މަސައްކަތުގެ ތެރެއިން އޭނާއަށް ކުރެވުނު މުހިންމު ތަޖުރިބާ ތަކެއްގެ ގޮތުގައި ފާހަގަކުރެއްވީ ރަށުގެ ޒުވާނުންނަށް ތައުލީމު އުނގަންނަވައި ދެއްވުމަށް ކުލާސްތަކެއް ހިނގެވި ކަމެވެ. އަދި މިސްކިތްތައް އެޅުވުމަށް ކުރެއްވި މަސައްކަތާއި، އޭގެ އިތުރުން ގާ ފާލަމެއް އެޅުއްވުންވެސް ހިމޭ ކަމަށް މުހައްމަދު ވިދާޅުވިވެ.

ކަތީބު ކަމުގައި ކުރެވުނު ތަފާތު ތަޖުރިބާއެއް

ކަތީބު ކަމުގައި އުޅުއްވި ދުވަސްވަރު ވަރަށް ގިނަ ފޮނި ތަޖުރިބާ ތަކާއި ހިތްދަތި ތަޖުރިބާތައްވެސް މުހައްމަދު ވަނީ ކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އެ ރަށުގައި 100 ފޫޓްގެ ގާފާލަމެއް އެޅުމަށް ރަށުގެ ރައްޔިތުންނާއި ގުޅިގެން ކުރެއްވި މަސައްކަތާއި، މިސްކިތް އެޅުމަށް ކުރެވުނު މަސައްކަތް ކަމަށެވެ. އެގޮތުން ވާދޫގެ މަސްޖިދުއް ސަމްހާ މިސްކިތާއި، މަސްޖިދުއް އައްފާން އަކީ އޭރުގެ ކަތީބު ކަމުގައި ކުރެއްވި މަސައްކަތުން އެޅުއްވި މިސްކިތް ކަމަށްވެސް މުހައްމަދު ވިދާޅުވިވެ.

"ނޮވެމްބަރު 3 އުދުވާނީ ހަމަލާ ކުރިމަތިވި ހަބަރުލިބުނުން ހަނދާންވޭ އެދުވަހު ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް. ރައްޔިތުން ނެރެ ދެވުނު އިރުޝާދު މަތިން." މުހައްމަދު

your imageރ. ވާދޫ މުހައްމަދުގެ ކުރީގެ ފޮޓޯއެއް.....

މުހައްމަދު އިތުރަށް ވިދާޅުވީ ވާދޫ އަކީ އާބާދީ މަދު މީހުންމަދު ރަށެއް ކަމަށާއި، އެގޮތުން މުހައްމަދުގެ ކަތީބު ކަމުގެ ފުރަތަމަ ކޮޅު، ރަށުގެ ޖުމްލަ އާބާދީ އަކީ 84 މީހުން ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ އާބާދީގައި ތިބީ 560 މީހުން ކަމަށެވެ. 

މުހައްމަމަދު ވިދާޅުވީ ކަތީބު ކަމުން ރިޓެޔާ ކުރެއްވުނު ހިސާބުން ފެށިގެން، ކައުންސިލަރުން އައްޔަން ކުރެވުނު ކަމަށެވެ. އޭގެ ފަހުން ރަށު އޮފީސް، ކައުންސިލް އިދާރާ އަކަށް ބަދަލު ކުރެވި، މަސައްކަތް ތަކަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި ކައުންސިލުތަކުން ވެސް ރަށުގެ ތަރައްގީ އަށް ކުރަމުންދިޔަ މަސައްކަތުގެ މުހިންމު ނިންމުންތައް ނިންމުމުގައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދިން ކަމަށެވެ. 

އެގޮތުން ތަރައްގީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވުން ކުރީ ކައުންސިލްތަކުން ލިބުނު ކަމަށް މުހައްމަދު ވިދާޅުވިވެ.

މުހައްމަދު ވަނީ ވާދޫ އަށް ހިދުމަތްތަކެއް ކޮށްދީފައެވެ. އޭނާގެ މަސައްކަތް އެރަށުގެ އެތައްބަޔަކު ގަބޫލު ކުރަނީ އެއީ ހިންގުންތެރި ބާނީއެއްގެ ގޮތުގައެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް