ads
އަލީ ވަހީދު---
އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ
މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
Advertisement

އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 1:00 ހާއިރުއެވެ. މާލެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ބޭސްފަރުވާއަށްކަމަށް ވިދާޅުވެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެ މައްސަލަ ކުރިއަށް ނުގެންދަން ޕީޖީން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ. އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް އޭނާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި ފަހުން އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ނުވެގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ.

ޕީޖީން ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމެވި ނިންމުމާ އެކު، އޭނާ ފުރައިގެން ދިއުމުން އަލީ ވަހީދު ރާއްޖެ ގެނައުމަށް އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓްގައި ވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ޕީޖީން ވިދާޅުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް