ads
އަލީ ވަހީދު އެއާޕޯޓްގައި ފޮޓޯ: ވަގުތު އިމޭޖެސް
އަޅުގަނޑަކީ ޖޭޕީގެ އާންމު މެމްބަރެއް: އަލީ ވަހީދު
އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ އިރު އަޅުގަނޑަކީ ޖޭޕީގެ ކައުންސިލް މެމްބަރެއް ކަމަށާއި އެހެންނަމަވެސް އެޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު ބަދަލާއި ގުޅިގެން މިހާރު މިހުންނަވަނީ ޖޭޕީގެ އާންމު މެމްބަރެއްގެ ގޮތުގައި ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ދެ އަހަރުދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މިއަދު މާލެ ވަޑައިގެން އެއްނަންބަރު ފާލަމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލެއްގެ ޖަވާބުދެއްވަމުންނެވެ. 

އަލީވަހީދު އިތުރަށް ވިދާޅުވީ އޭނާގެ ހުރިހާ ރައްޓެހިންވެސް ތިބީ އެކިއެކި ސިޔާސީ ޕާޓީތަކުގައި ކަމަށާއި، އެ ހުރިހާ އެންމެނާއި ވެސް ގާތްގުޅުމެއް އޮންނަކަމަށެވެ. 

މިވަގުތު އިތުރު ފޯމެއް އީސީއަށް ނުލައްޏާ ހަމަ ޔަގީނުންވެސް އަޅުގަނޑު އިންނަންވާނީ ޖޭޕީގެ އާންމުމެމްބަރެއްގެ ގޮތުގައި. އިތުރު ޕާޓީއަކަށް ސޮއި ނުކުރަން: އަލީ

އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހު 1:00 ހާއިރުއެވެ.  ބޭސްފަރުވާއަށްކަމަށް ވިދާޅުވެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް