ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އިއްވީ 2021 ވަނަ އަހަރުއެވެ. އޭރުއްސުރެ އަލީ ވަހީދު އުޅުނީ ރާއްޖޭން ބޭރުގައެވެ. އޭނާ އެނބުރި މާލެއައީ މިއަދުއެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޮތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ކުރި ހުކުމް އެ ކޯޓުން ބާތިލުކުރިކަން އެ ކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ވާހަކަ ފުރަތަމަ ފަހަރަށް އާއްމު ކުރީ އަލީ ވަހީދު އަމިއްލައަށް މިއަދުއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސުޕްރީމް ކޯޓުން އަލީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހުއެވެ. އެހެންނަމަ ވެސް އެކަން މިއަދާ ހަމައަށް އޮތީ ސިއްރެއްގެ ގޮތުގައެވެ.