ads
ހއ. ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު......
"ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރެއްވީ ރައީސް މުހައްމަދު އަމީނާއި ރައީސް ސޯލިހު އެކަނި"
ހޯރަފުށީގެ ތަރައްގީ ކިޔައިދެމުުން ހޯރަފުށީ ކައުންސިލް ރައީސްގެ މުހައްމަދު ވަހީދު ޝުކުރު، ސަރުކާރަށް ބަންޑުން ކުރައްވާއިފިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ހޯރަފުށީގެ މަގު ހެދުމަށް މަސައްކަތް  ހަމައެކަނި ކުރެއްވީ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

ސީއެންއެމްޓިވީގެ ''ރަށު ހަބަރު'' ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މުހައްމަދު ވަހީދު ވިދާޅުވީ "ކުރީގެ ރައީސް މުހައްމަދު އަމީން ހޯރަފުއްޓަށް ވަޑައިގެން ފުރަތަމަވެސް ކުރެއްވި ކަމަކީ ހޯރަފުށީގެ މަގުތައް ހެދުން. އެ ރީތިކަން މިހާރުވެސް މަގުތަކުން ފެންނޭ. އަދި އެ މަނިކުފާނު ހޯރަފުއްޓަށް ވަޑައިގެން މަގުތައް ސީދާ ކުރެއްވި، ރައީސް އަމީންގެ ވެރިކަމަށްފަހު އޭގެ ފަހުން އައި އެއްވެސް ވެރިކަމެއްގައި ހޯރަފުށީ މަގުތަކަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ކޮށްފައި ނުވޭ" ވަހީދު ވިދާޅުވިއެވެ.

ނަމަވެސް މިހާރު ހޯރަފުށީގެ ތާރު އަޅަމުންދާ 11 މަގުގެ ތެރެއިން ނުނިމި ހުރީ އެންމެ މަގެކެވެ. 

އެގޮތުން މަގުތަކުގައި ތާރު އެޅިފައިވާއިރު، އެތަނުގައި ލައިޓްވެސް ހަރުކުރެވިފައިވާ ކަމަށާއި، އަދި ޕާކިން ޒޯންތަކާއި، އެކު އެ މަގު ބޭނުން ކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް މަގު ހެދިގެންދާކަމީ ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެންދާ އުފަލެއް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ "މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ބިއްލޫރި ފުޅީގައި ފެންތައްޔާރު ކުރާ ފެން ފެންޕްލާންޓެއް ގާއިމު ކުރުން ފެށުނު. ކުރިއަށް އޮތްތާގައި އިންޓަނޭޝަނަލް ސުކޫލެއް ގާއިމު ކުރެވިގެންވެސް ދާނެ،" ކަމަށެވެ.

އެއާޕޯޓް އެއް އޮތުމުގެ ސަބަބުން އެތަކެއް ތަރަގީއެއް ލިބިގެންދިޔަކަމަށާއި، އޭގެ ސަބަބުން ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ލިބިފައިވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އަދި އެއާޕޯޓްގައި އެކަނިވެސް 48 ވަޒީފާ ގާއިމްވެފައިވާ ކަމަށާއި، މިހާރުވެސް ފެންޕްލާންޓާއިއެކު ޖުމްލަ 100 ވަޒީފާ ޒުވާނުންނަށް ލިބިފައިވާކަމަށް ވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް