އާ އަހަރު ފާހަގަކުރުމުގެ ކައުންޓް ޑައުން ޝޯ ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

Advertisement
އާ އަހަރު ފާހަގަކުރުމުގެ ކައުންޓް ޑައުން ޝޯ ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރާ، މި ފަހަރުގެ އާ އަހަރުގެ ޝޯ ގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމް އާއި ޒާރާ މުޖްތަބާ އާއި މުހައްމަދު ޝިއުޒް އާއި ބޮޑުބެރު ބޭންޑެއް ކަމުގައިވާ "ނާބަ" ބޭންޑުގެ ހުށަހެޅުންތައް ފެންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހާއްސަ ޝޯ ފެށޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި 8:30 ގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކޮންމެ އަހަރަކުވެސް އާ އަހަރު ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ހަރަކާތްތައް ކުރިން ކުރިއަށް ގެންގޮސްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގުޅިގެންނެވެ.