ads
ނައިބު ރައީސް ފައިސަލް
ހަމަހަމަ ފުރުސަތު ފަހިކޮށް ނުދީ، މުޖުތަމަޢުގެ ހަމަޖެހުން ނޯންނާނެ: ނައިބު ރައީސް
ހަމަހަމަ ފުރުޞަތު ފަހިކޮށް ނުދީ މުޖުތަމަޢުގެ ހަމަޖެހުން ނޯންނާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދަޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ބޯހިމެނުމުގެ މަޢުލޫމާތަކީ، މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގެ ކަންކަން ހުރިގޮތް ވަރަށް ބޮޑަށް ސާފުވެގެންދާ ކަމެއްކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، އެއްވެސް ބަޔަކު ބާކީނުކޮށް މުޖުތަމައުގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ކުރައްވަން ފެއްޓެވި އެންމެ މުހިންމު މަސައްކަތަކީ އަންހެނުން ބާރުވެރިކުރުންކަމަށެވެ. 

"އަންހެނުން ފުރުސަތުތައް ފަހިކޮށް ނުދީ، މުޖުތަމައުގެ ހަމަޖެހުން ގާއިމުނުކުރެވޭނެ. އަންހެނުންނަށް ފަހިކޮށްދޭ ކޮންމެ ފުރުސަތަކީ، އޭގެއިން ރަނގަޅު ނަތީޖާއެއް ނެރެ، އޭގެ ފައިދާ މުޅި މުޖުތަމަޢުއަށް ކުރާނެކަމެއް،" -ނައިބު ރައީސް ފައިސަލް-

އެމަނިކުފާނު ވިދާޅުވީ ގޮތް ނިންމުމާއި ސިޔާސީ ދާއިރާގައި އަދިވެސް އަންހެނުން މަދުކަމަށެވެ. މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ނައިބު ރައީސް ވަނީ އެދި ވަޑައިގެންފައެވެ.

"ހަމަހަމަ ފުރުސަތު ފަހިކޮށް ނުދީ، މުޖުތަމަޢުގެ ހަމަޖެހުން ނޯންނާނެ. މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރާ އަންހެނުން އަންނަނީ މަދުވަމުން. މިއީ އިތުރަށް ވިސްނާލަން ޖެހޭ ކަމެއް. ގައުމުގެ އިޤްތިސާދާއި ސިޔާސީ މަސައްކަތަށް ކުރިއަށް ނިކުތުމަށް އަންހެނުންނަށް ގޮވާލަން"

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ޔޫއެންއެފްޕީއޭގެ، "ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓް" އަދި "ބޯހިމެނުން 2022"ގެ ނަތީޖާ އިފްތިތާހު ކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް