ads
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ އެތައް ދައުވާތަކެއް ކުރި
ދޮގު ހަދާތޯ ބަލާ މެޝިނެއް ބޭނުންކުރަން އެދުނިން: އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ދޮގު ހަދަނީތޯ ޔަގީންކުރަން ލައި ޑިޓެކްޓަރެއް، ނުވަތަ ދޮގުހަދާތޯ ބަލާ މެޝިނެއް ބޭނުންކުރަން ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން އެދުނު ކަމަށް އޭނާ ބުނެފިއެވެ.

އަންގާރަ ދުވަހު އަލީވަހީދު ރާއްޖެ އައުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ މައްޗަށް ޖިންސީ ގޯނާ އާއި ފުރައްސާރައާއި ރޭޕުގެ ތުހުމަތު ކުރެވުމުން، ރައީސް ސާލިހަށް އޭނާ އަމިއްލަށް ގުޅިކަމަށެވެ. ރައީސް ސާލިހު އެދަުވަހު ނިންމެވި ނިންމެވުމަކީ އެމަނިކުފާނު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ނިންމަވަންޖެހޭ ނިންމެވުމެއްކަމަށް އަލީވަހީދު ވިދާޅުވިއެވެ. 

"އަޅުގަނޑު ވަކިވުމުގެ ކުރިން އަޅުގަނޑު ރައީސް އަށް ގުޅުން. ދެންނެވިން ބޭނުމޭ އަޅުގަނޑުމައްޗަށް ތަހުގީގު ހިނގަން. ޕްރޮފެސާ އުގޭލުމް ގެންގުޅޭ ނޫންތޯ ލައިޑިޓެކްޓަރަށް ދަންދެން. ދުނިޔޭގެ ޓެކްނޮލޮޖީވެސް ހުންނާނެއް ނޫންތޯ ދޮގުހަދަނީ ކޮންބައެއްތޯ ބަލަން،" އަލީވަހީދު ބުންޏެވެ.

އަލީ ވަހީދު މިހެން ބުނީ ދެ އަހަރުދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އިއްޔެ މާލެ އައިސް އެއްނަންބަރު ފާލަމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. 

އަލީ ވަހީދު ރާއްޖެ އައީ އިއްޔެ މެންދުރުފަހު 1:00 ހާއިރުއެވެ.  ބޭސްފަރުވާއަށްކަމަށް ބުނެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެ ނައިސް އިނގިރޭސި ވިލާތުގައި ހުންނަތާ ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް