އޭނާ އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 69 އަހަރުފުޅެވެ.
އެކަމަނާ ވަނީ ވަނީ ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޅެން ހެއްދެވުމުގެ އިތުރަށް ޅެންވެރިކަން ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ޅެން ހެދުމުގެ ބައެއް މުބާރާތްތަކުގައި ފެންވަރު ބަލައި އިންސާފުކުރައްވާފައިވެއެވެ
ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމުގެ އިތުރުން އެކަމަނާ ވަނީ ބައެއް ފޮތްތަކެއްވެސް ލިޔުއްވާފައެވެ. އެގޮތުން ކުޑަކުދީންގެ ޅެންފޮތް، ޔޫސުފް މުހައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް ވަނީ ލިޔުއްވާފައެވެ.