 
                                                                                                
                    އެމްޑީޕީގެ އޮފީސް ބަދަލުކޮށްފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގައެވެ. އެމްޑީޕީން ބުނީ އެޕާޓީގެ ރަސްމީ މަސައްކަތްތައް މީގެފަހުން ކުރިއަށްދާނީ ލިލީމަގުގައި ހުންނަ ގ. ނިޔުޝާގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ.
ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ. ޝަރާޝާ ގައެވެ. އެމްޑީޕީން ބުނީ ޕާޓީގެ ރަސްމީ އޮފީސް ބަދަލުވި ނަމަވެސް، ކުރިން ބޭނުން ކުރަމުން އައި ޢިމާރާތްވެސް ބޭނުންކުރާނެ ކަމަށެވެ.
ދާދިފަހުން މާލޭގައި އެމްޑީޕީން ބޭނުންކުރަމުންއައި ހަރުގޭގައި ވެސް ވަނީ ދަ ޑިމޮކްރެޓްސްގެ ޙަރަކާތްތައް ފަށާފައެވެ. އޭގެފަހުން އެމްޑީޕީން މާލޭގައި ބޭނުންކުރާނެ ރަސްމީ ހަރުގެއެއް އިއުލާނު ކޮށްފައެއް ނުވެއެވެ.