ads
ބޯހިމެނުން
ރާއްޖޭގެ އާބާދީ އިތުރުނުވެ، ކަންބޮޑުވާންޖެހޭ ހާލަތުގައި
މިދިޔަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓްގައި ދައްކާގޮތުން ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިފްލޭސްމަންތް ލެވެލްގައި ވުމުން އެއީ އުފަންވާ ރޭޓާއި މަރުވާ ރޭޓް އަޅާބަލާއިރު އާބާދީ އިތުރު ނުވެ ދަށްވާނެ ހާލަތު މެދުވެރިވުން ކަމަށް އެންމެ ފަހުގެ ބޯހިމެނުމުގެ ރިޕޯގައި ބުނެފިއެވެ.
Advertisement

މިދިޔަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓްގައި ވަނީ ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ ރިޕޯޓްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދިވެހި އަންހެނަކަށް ދަރިން ލިބޭ މިންވަރު މިހާރު އުޅެނީ އެވްރެޖްކޮށް 1.7 ގައެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު މިއީ ދަށްވުމެކެވެ. އެ އަހަރު ބޯހިމެނުމުގެ ރިޕޯޓުން ދައްކާ ގޮތުގެ އެވްރެޖްކޮށް ދަރިން ލިބޭ މިންވަރު އޮތީ 2.5 ގައެވެ

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ 69 އިންސައްތަ މީހުން އުޅެނީ ކައިވެނިކޮށްގެނެވެ. އަދި އާބާތީ 19 އިންސައްތަ މީހުންނަކީ ދުވަހަކުވެސް ކައިވެންޏެއް ނުކުރާ މީހުންނެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީ އަކީ 579,000 އެވެ. އޭގެ ތެރެއިން 45 އިންސައްތަ މީހުންނަކީ ޒުވާނުންނެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު މީހުން ކަމަށްވާއިރު އެ އުމުރުފުރާގެ 258,923 މީހުން ރާއްޖޭގައި ދިރިއުޅެމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް