ads
ކްރިކް ރިޒާ
ފުއްގިރި މައްސަލައިގެ ރިޒާގެ ބައި އަނބުރާ ގެންދަނީ
ފުއްގިރި މައްސަލައިގެ ޝަރީއަތް، އަހްމަދު ކްރިކް ރިޒާއާ ހެދި ލަސްވަމުންދާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ފުއްގިރި މައްސަލައިގައި އެންމެ ފަހުން ތާވަލު ކުރި ހުރިހާ އަޑު އެހުމެއް ކެންސަލް ކުރަން ޖެހުނީ، ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އީދު ބަންދުގެ ކުރިންވެސް މި މައްސަލައިގެ ދެ އަޑުއެހުމެއް ކެންސަލްކޮށްފައިވާއިރު، އީދު ފަހުން ތާވަލު ކުރި އަޑު އެހުންތައްވެސްވީ ކެންސަލެވެ.

މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ޕީޖީން ދެކެއެވެ. އެކަމަށް ރިއާޔަތްކޮށް، ޕީޖީން އެދިފައިވަނީ ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ގެންދިޔުމަށެވެ.

ފުއްގިރި މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެ އެވެ. މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަނެއްކޮޅުން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް