ads
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް - ފޮޓޯ:ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ނަގަމުން އަންނަ ފީ ބޮޑުކޮށްފި
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ އަތުން ނަގަމުން އަންނަ ފީ ބޮޑުކޮށްފިއެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވެފައިވަނީ ކޮވިޑު-19 ގެ ބަލިމަޑުކަމަށްފަހު އެ ސްކޫލު ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށާއި އެ މުއްދަތުގެ ތެރޭގައި ޓީޗަރުންގެ މުސާރަ 20 އިންސައްތަ އާ ހަމައަށް ބޮޑުކުރުމުން ދަތިތަކާ ކުރިމަތިވި ކަމަށެވެ.

ދިރާސީ އާ އަހަރާ އެކު ދަރިވަރުންގެ އަތުން ނަގަމުން އަންނަ ފީ ބޮޑުވާނެކަމަށް އެ ސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ. މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ގްރޭޑަކުން އެކިވަރަށް ފީ ބޮޑުކޮށްފައިވާއިރު، އެންމެ ބޮޑަށް އިތުރުކޮށްފައިވަނީ 5.5 އިންސައްތަ ކަމުގައެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފީތަކަށް ގެނެސްފައިވާ ބަދަލުތައް:

  • ގްރޭޑް 2-1 : 3،927 ރުފިޔާއިން 4،143 ރުފިޔާއަށް
  • ގްރޭޑް 7-3 : 3،812 ރުފިޔާއިން 4،143 ރުފިޔާއަށް
  • ގްރޭޑް 10-8 : 5،565 ރުފިޔާއިން 5،871 ރުފިޔާއަށް

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް ފީ ބޮޑުކުރުމަށް ހުއްދަ ދީފައެވެ.

ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބޮޑުކުރުމާ އެކު އަމިއްލަ ބައެއް ސްކޫލުތަކުން ވަނީ ދަރިވަރުންގެ އަތުން ނަގަމުން އައި ފީ ބޮޑުކޮށް އެ ތަންތަނުގެ ޓީޗަރުންގެ މުސާރަވެސް ބޮޑުކޮށްފައެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް