ads
ޔާމީން ހައިކޯޓުގައި
ކްރިކް ރިޒާގެ ބައި ނަގައި، ޔާމީން ބައި ވަކިން މާދަމާ
ފުއްގިރި މައްސަލައިގައި ހިމެނޭ ކްރިކް ރިޒާގެ ދައުވާގެ ބައި ނަގައި، ރައީސް ޔާމީންގެ ދައުވާގެ ބައި މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތް، އަހްމަދު ކްރިކް ރިޒާއާ ހެދި ލަސްވަމުންދާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިގެން އެ ބައި ނެގުމަށް ފަހު، ޔާމީންގެ ބައި ކުރިއަށް ގެންދަން ނިންމާފައި އޮތީ މާދަމާ ހެނދުނުއެވެ. 

ފުއްގިރި މައްސަލައިގައި އެންމެ ފަހުން ތާވަލު ކުރި ހުރިހާ އަޑު އެހުމެއް ކެންސަލް ކުރަން ޖެހުނީ، ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އީދު ބަންދުގެ ކުރިންވެސް މި މައްސަލައިގެ ދެ އަޑުއެހުމެއް ކެންސަލް ކޮށްފައިވާ އިރު، އީދު ފަހުން ތާވަލު ކުރި އަޑު އެހުންތައްވެސްވީ ކެންސަލެވެ. އެންމެ ފަހުން އެ ބައި ދައުލަތުން އެދިގެން ނެގީއެވެ. 

މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ޕީޖީން ދެކެއެވެ. އެކަމަށް ރިއާޔަތްކޮށް، ޕީޖީން އެދިފައިވަނީ ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ގެންދިޔުމަށެވެ.

ފުއްގިރި މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެއެވެ. 

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަނެއްކޮޅުން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް