ads
ޕޮލިސް ލައިން
ކުލާސް ކުދިން އަނިޔާކުރި އިންޑިއާގެ 12 އަހަރު ކުއްޖަކު މަރުވެއްޖެ
އިންޑިއާގެ ޖަރުކަންދުގެ 12 އަހަރުގެ އަންހެން ކުއްޖަަށް ސްކޫލުގެ ކުލާސްކުދިން ތަޅައި އަނިޔާކުރި ކުއްޖަކު މަރުވެއްޖެއެވެ.

އަންޖަލީ ކުމާރީ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާއަކީ  ގުމްލާ ޑިސްޓްރިކްޓްގެ ސަރުކާރުގެ ސްކޫލެއްގެ ދަރިވަރެކެވެ. އެ ކުއްޖާއަށް ކުދިން އަނިޔާކޮށްފައިވަނީ އިންޑިއާގައި އަންހެނުން ނިތްކުރީގައި ޖަހާ 'ހިނދީ ތިކި' ޖަހައިގެން ސްކޫލަށް އައިކަމަށްބުނެއެވެ. 

އަންޖަލީ އަކީ ހިންދޫ ކުއްޖެއް ނޫން ކަމަށާއި 'ހިންދީ ތިކި' ޖަހައިގެން ނުވާނެ ކަމަށް ކްލާސް ކުދިން އަންޖަލީ ގާތު ބުނެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

އަންޖަލީގެ މަރުގެ ސަބަބުން އިންޑިއާގައި ރުޅިވެރިކަން އުފެދި، ގިނަ ބަޔަކު ވަނީ އެ ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. އަންޖަލީ ތަޅާލި ކަމަށް ތުހުމަތު ކުރެވޭ ކުލާސް ކުދިންގެ ތެރެއިން ދެ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއަކީ އިންޑިއާގައި ދީނީ ހަމަނުޖެހުންތައް ހަނދާންކޮށްދޭ ހާދިސާއެކެވެ. އަދި ބިރުދެއްކުމުގެ ނުރައްކާތެރިކަން ހަނދާންކޮށްދީ، އޭގެ ސަބަބުން ގެއްލުން ބޮޑު ނަތީޖާތަކެއް ލިބިދާނެ ކަންވެސް ހަނދާކޮށްދޭ ހާދިސާއެކެވެ. 

15%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް