މި ފައިސާއަކީ 53 ފަރާތަކުން ދައްކަވްނާ ފައިސާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް އީޕީއޭއިން މިއަދު އާންމުކުރި ތަފާސްހާބުގައި ބުނެފައިވެެއެވެ. އެ ފައިސާގެ ތެރެގައި މީގެ 14 އަހަރު ކުރިން ކުރި ޖޫރިމަނާވެސް ހިމެނެއެވެ.
މިކަން ހާމަވެފައި މިވަނީ ދާދިފަހުން ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން އައި ހިލަ ބާޖެއް އެރަށު ފަރަށް އަރައި ތަހުގީގު ނުނިމެނީސް ފިލާފައިވަނިކޮށެވެ.
މި މައްސަލައިގައި ދައުލަތުގެ މުއައްސަސާތަކަށް ފާޑުކިއުންވެސް ވަނީ ބޮޑުވެފައެވެ.
ފުވައްމުލަކު ފަރަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެ ރަށުގެ ޑައިވް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރުގެ 350 މީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވެއެވެ. އެ ސަރަހައްދުގައި 5-10 މީޓަރާ ދެމެދުގެ ފުން އަދި 10-15 މީޓަރު ފުޅާ ވަޅުގަނޑުތަކެއް ވެސް ހެދިފައިވެއެވެ.