ads
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)--ފޮޓޯ:އަވަސް
150,000 ޑޮލަރު އެސްއޯއެފްއަށް ޖަމާވި މައްސަލަ މާކުރިން އޭސީސީއަށް ހުށަހެޅިން: ބޮންޑޭ
ރަށާއި ގުޅޭ އެއްވެސް ކަމެއްގައި ދުވަހަކުވެސް އަހުމަދު އަދީބާ ބައްދަލު ކުރައްވާފައިނުވާނެކަމަށާއި، އެސްއޯއެފްއަށް ފައިސާ ޖަމާވުމުން އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
Advertisement

ބޮންޑާ މިހެން ވިދާޅުވީ ފުއްގިރި މައްސަލާގައި މިއަދު ހެކިބަސް ދެއްވަމުންނެވެ. 

މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުން ހާޒިރުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އަހުމަދު ކްރިކް ރިޒާއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އޮވެގެން ނުވާނެކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. 

އޭރު ކްރިކް ރިޒާ އުޅުނީވެސް އެސްޓީއޯގައިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު އޭނާއަކީ އަމިއްލައަށް މަސައްކަތް ކުރާ ފަރާތެއް ކަމަށާއި، އޭނާ ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން ކަމަށެވެ.

ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާގެ ކުންފުނިން ފައިސާ ދައްކާފައިވާނެ ކަމަށާއި، އެ ފައިސާއަކީ ބޭރުގެ ކުންފުނިން ފޮނުވި ފައިސާކަމަށް ބޮންޑާ ވިދާޅުވިއެވެ. އެގޮތުން އެ މުއާމަލާތާއި ގުޅިގެން 150،000 ޑޮލަރު އިނިޝަލް ޕޭމަންޓެއްގެ ގޮތުން ބޭރުގެ ކުންފުނިން ދެއްކިކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މުއާމަލާތުގެ 6 ވަރަކަށް ދުވަސް ފަހުން ބޭންކް ސްޓޭޓްމަންޓެއް ނަގައިގެން ބެލިއިރު، އެމްއެމްޕީއާރްސީއަށް ދެއްކި އެ ފައިސާ ޖަމާވެފައި އޮތީ އެސްއޯއެފަށް ކަމަށާއި، އެކަމާ އޭރު ސުވާލު އުފައްދައި އޭސީސީއަށްވެސް އެކަން ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހާކާ ދައްކަމުން ބޮންޑޭ ވިދާޅުވީ ފުއްގިރި ހިޔާނާތަކި ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަގެއް ކަނޑައެޅުމަށްފަހު، ކުއްލިއަކަށް ރަށުގެ އަގު ކުޑަވުމުން ބޭރުގެ ކުންފުނިންވެސް އެ ސުވާލު އުފެއްދި ކަމަށާއި، ކުންފުނިންވެސް އޮތީ ރަށުގެ އަސްލު އަގުގައި ރަށް ގަންނަ ގޮތަށް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް