ads
ބޮންޑޭ
ބޮންޑޭގެ އެމްއެމްޕީއާރުސީއަށް ފޮނުވި ޕޭމަންޓްވެސް ޖަމާވީ އެސްއޯއެފް އެކައުންޓަށް
ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ފަރާތުން ރ. ފުއްގިރީގެ އޮފާ ލެޓާއަށް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް އޭނާ ދެއްވި 150،000 ޑޮލަރުގެ ޗެކް ޖަމާކޮށްފައިވަނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ކަމަށާއި އެކަން އެގޮތަށްވުމުގައި ގޯހެއް އުޅޭކަން އެނގުމުން އެ މައްސަލަ އޭސީސީއަށާއި، އޮޑިޓާ ޖެނެރަލްގެ ސަމާލު ކަމަށް ގެނެސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
Advertisement

ބޮންޑޭ މިހެން ވިދާޅުވީ، ފުއްގިރި މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދެމުން މިއަދުއެވެ. މި މައްސަލައިގެ އަޑު އެހުންތައް އެތައް ފަހަރަކު ކެންސަލް ވެފައިވަނީ މައްސަލައިގައި ދައުވާ ލިބޭ، ރައީސް ޔާމީންގެ އަރިސް މީހެއް ކަމަށްވާ ކްރިކް އަހްމަދު ރިޒާ ބަލިވެ އުޅޭތީއެވެ. އެތައް ފަހަރަކު މައްސަލަ ކެންސަލް ވުމަށް ފަހު މިއަދު އަޑު އެހުން ކުރިއަށް ގެންދިޔައީ ކްރިކް ރިޒާގެ ބައި ދައުލަތުން އަނބުރާ ގެންދިޔުމަށް ފަހުއެވެ.

ހެކިބަސް ދެމުން ބޮންޑޭ ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރު ތެރޭ ފައިސާ ދެއްކެވީ، އައިބީއާރް މޯލްޑިވްސްގެ ނަމުގައި އޮތް އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ އައިބީއާރް މޯލްޑިވްސް އިން ކަމަށެވެ. ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އެ ދުވަސްވަރު މަސައްކަތް ކުރެއްވި ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެ ކުންފުނިން ފުއްގިރި ކުއްޔަށް ހިފުމަށް ބޭރުގެ ކުންފުނިން އޭނާއަށް ފޮނުވާފައިވާ 150،000 ޑޮލަރު ދެއްކި ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ރަށުގެ ޖުމްލަ އަގެއްގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތީ 1.2 - 1.5 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް، މުއާމަލާތުގެ މެދު ތެރެއިން ރަށުގެ އަގު 400،000 ޑޮލަރަށް ކުޑަކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އޮފާ ލެޓާއަށް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް އޭނާ ދެއްވި 150،000 ޑޮލަރުގެ ޗެކް ވެސް ޖަމާކޮށްފައިވަނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ކަމަށާއި އެކަން އެގޮތަށްވުމުގައި ގޯހެއް އުޅޭކަން އެނގުނު ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި އެކަން އެނގުމުން އޭސީސީއަށް އެކަން އެންގި ކަމަށްވެސް ބޮންޑޭ ޝަރީއަތުގައި ވިދާޅުވިއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް