މިގޮތުން 15 ދަރިވަރަކަށް އެލަވަންސް ދޭން މިހާރުވެސް ވަނީ ނިންމާފައެވެ. އެ ދަރިވަރުންނަށް ކޮންމެ ދަރިވަރަކަށް ދެނީ 2،000 ރުފިޔާއެވެ. މިހެންކަމުން ކައުންސިލް ބަޖެޓުން މަހަކު 30،000 ރުފިޔާ މި އެލަވަންސް އަށް ހަރަދުވާނެއެވެ.
ކައުންސިލުން މިހެން ނިންމީ އެރަށުން އޭލެވެލް އަށް ކިޔަވާ ދަރިވަނުން މަދުވުމާ ގުޅިގެން، އެރަށުގައި އޭލެވެލް އަށް ކިޔެވުމަށް ދަރިވަރުންނަށް ބާރުއެޅުވުމަށާއި ހިތްވަރު ދިނުމުގެ ގޮތުންނެވެ.
އެރަށުގައި އޭލެވެލް ކިޔަވަން ބޭނުންވާ ބައެއް ކުދިން ތިއްބަސް ކިޔަވަދައިދޭން ބޭނުންވާ އެންމެ މަދު މިންވަރަށް ދަރިވަރުން ހަމައެއް ނުވާތީ މިވަގުތު އޮތީ އޭލެވެލްއަށް ކިޔަވައިދިނުން ހުއްޓާލާފައެވެ.
އޭލެވެލް ކިޔަވަން އަންނަ ކުދިން ކިޔަވައި ނިމެންދެން އެ އެލަވަންސް ދޭނެކަމަށް ކައުންސިލުން ބުނެއެވެ.