ads
އެމްބިއުލާންސް ހަވާލުކުރަނީ
ޖަޕާނުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކޮށްފި
ޖަޕާނުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް 8 އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.

އެ 8 އެމްބިއުލާންސްގެ ތެރެއިން ދެ އެމްބިއުލާންސް ހަދިޔާކުރީ ހުޅުމާލޭގެ ނޭޝަނަލް އެމްބިއުލާންސް ސަރވިސްއަށްކަމަށް ވާއިރު، އަނެއް 6 އެމްބިއުލާންސް ރާއްޖޭގެ އަތޮޅުތެރޭގެ ފެސިލިޓީއަކަށް ހަދިޔާކޮށްފައިވެއެވެ.

އެއީ ހއ. ކެލާ ހެލްތު ސެންޓަރާއި ހއ. ހޯރަފުށީ ހެލްތު ސެންޓަރާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެވެ. 

ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރު ތަރައްގީކުރުމަށް ސަރުކާރުން ވަނީ ރަސްމީކޮށް މަސައްކަތް ފަށައިފައެވެ.

މި މަޝްރޫއަށް ދިވެހި ދައުލަތުން 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެއެވެ. 

ހަވާލުކުރެވުނު ކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްހީމަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ދެކެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް