ads
އެމްޑީޕީގެ ޖަގަހަ ގުޅީ ގައި ހުޅުވަނީ
ސެޕްޓެމްބަރުމަހު ގުޅީ ބިންހިއްކަން ފަށާނެ: ރައީސް ސޯލިހު
ގުޅީ ބިމުގެ ޖާގަ އިތުރު ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާ އަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ރައީސް ސޯލިހު ވިދާޅުވީ ގުރައިދޫ ދާއިރާގެ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށާއި މީގެ ކުރިން ވެސް އެ ދާއިރާގެ ރަށްރަށުގެ ރައްޔިތުން އެދުނު ކަންކަން ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. 

މީގެ އިތުރުން އޭޓީއެމް ގާއިމްކުރަން ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓުގެ ކުރީގައި ކ.ގުޅި އޮތް ކަމަށް ވިދާޅުވިއެވެ. އެ ރަށުގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކުގެ ތެރޭގައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭޓީއެމްގެ ހިދުމަތަކީ ގުޅީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ހިދުމަތް ކަމަށް އެ ރަށުގެ އާއްމުން ބުނެއެވެ. އަދި ރަށުގެ ޒަމާންވީ ބިމުގެ ދަތިކަމުގެ މައްސަލަ އަށް ސަރުކާރުން ހައްލު ހޯދައި ދިނުމަކީ ނުހަނު އުފާ ކުރާ ކަމެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް