ads
މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖޭގެ ކަނޑު ހިމާޔަތް ކުރުމަށް ގައުމުތަކާއެކު ރަނގަޅު ގުޅުމެއް އޮންނަންޖެހޭ: ޝާހިދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ގައުމުތަކުގެ މެދުގައި ރަނގަޅު ގުޅުންތަކެެއް އޮންނަންޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ "ވިއޮން" ޓީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުމުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަރަހައްދު ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ފުރަތަަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށެވެ. 

އަދި ރާއްޖޭގައިވެސް ނުވަތަ އިންޑިއާގައިވެސް ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ނުދާނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައިވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަށް ވެސް ފާހަގަކުރައްވާފައެވެ. 

އެގޮތުން އިއްޔެ ދެެގައުމުގެ ދެމެދު އިތުރު ނުވަ މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި ދެ ގައުމުގެ ވެރިންވެސް ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް މަޝްރޫއުތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް