ޝާހިދު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ޓީވީ އަކަށް ދެއްވި އިންޓަވިއުއެއްގައި އެެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ފުރަތަަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށެވެ. އަދި ރާއްޖޭގައިވެސް ނުވަތަ އިންޑިއާގައިވެސް ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ނުދާނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ މިދަތުރުފުޅުގައި ވަނީީ އިންޑިޔާއާއި ރާއްޖެއާ ދެމެދު 9 އެއްބަސްވުމުގައި ސޮއިކޮށްފައެވެ.