މިކަން އޭނާވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދެއްވާފައެވެ.
މި ހަބަރާއި ގުޅޭގޮތުން ސުވާލުކުރުމުން ރައީސް އޮފީހުން އަދި އެއްޗެއް ނުބުނެއެވެ.
އިބޫ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
އިބްރާހީމް ރަޝީދު އަބޫބަކުރު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ، މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒްގެ ނައިބުގެ މަގާމާ، މެދު އުތުރު ސަރަޙައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާއި ޕްރައިވެޓް ސެކްޓަރުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ.
އިބްރާހީމް ރަޝީދު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަސިޓީން އެމްބީއޭ ހާސިލުކުރައްވާފައެވެ.