މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement
މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި މާލެ އަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ. މަލީހު ވިދާޅުވީ މާލެ ސިޓީ ވެގެންދާނީ ޝަހަރަކަށް ކަމަށެވެ.
"ހައުސިންގެ ތަފާތު ވެރައިޓި އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓު، ގްރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނަމާ އަންނަންވީ. އަދި ފުރިހަމަވާން ކައިރިވެސް ނުވޭ" މަލީހު ވިދާޅުވިއެވެ.
މަލީހު މިހެން ވިދާޅުވެފައިމިވަނީ މާލޭގެ ކުލީގެ މައްސަލަަ ހައްލުކުރުމަށް މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މާލޭގެ ކުލީގެ އަގު އުފުލެމުން ދާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށްޓަކައި މާލެ ޓެނަންޓްސް ޔޫނިއަން ޖަމިއްޔާގެ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.