ads
އައްޑޫ ސިޓީ: ފޭދޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައި - ފޮޓޯ:ޓައިމްސް އޮފް އައްޑޫ
އައްޑޫ ފޭދޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް އަޅަން ބަޔަކު ހޯދަނީ
އައްޑޫ ސިޓީގެ ފޭދޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އަނެއްކާވެސް ހުޅުވާލައިފިއެވެ.
Advertisement

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް އަޅާއިރު އެތަންތަން ހުންނަން ޖެހޭނީ ބައިނަލްއަގުވާމީ ފެންވަރަަށް ކަމަށެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރަން ޖެހޭނެ ކަމަށާއި ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަކުން ފޯރުކޮށްދޭ ހިދުމަތްތައް ލިބެން ހުންނަންވާނެ ކަމަށެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް ހުށަހަޅަންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނު ބުނެފައިވާ ގޮތުގައި މަސައްކަތަށް ކޮންޓްރެކްޓަރު ހޮވާއިރު އެ ފަރާތެއްގެ ތަޖުރިބާ އާއި އައްޑޫގެ ތަރައްގީގެ ތަސަައްވަރާ ދިމާވޭތޯ ބަލާނެ ކަމަށާއި ބީލަން ހުށަހަޅާއިރު ކުންފުނިތަކުގެ ފާއިތުވި ތިން އަހަރު ދުވަހުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމުގައެވެ. އޭގެ އިތުރުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދާއިރާ އާ ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ކަމުގެ ތަޖުރިބާގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ބުނެއެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށެވެ.

ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހެދުމަށް ޕްލޭންކޮށްފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާއި އެ ސަރަހައްދާ ދިމާލުން ފޭދު އާއި ގަމާ ގުޅޭ ހިސާބުގައެވެ. އެ މަސައްކަތަށް އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ހާއްސަކޮށްފައިވެއެވެ.

މީގެ ކުރިން 2021 ވަނަ އަހަރުވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަޔަކު ހޯދަން އިއުލާނުކޮށްފައިވެއެވެ. އެކަމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް