އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑުގެ ޓީމެއް އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.
ޝީޓް ޕައިލްގައި ޖެހި ތެޔޮ ބޯޓުން އަށް އިންޗި ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ސިފައިން ބުންޏެވެ.
އެ ހާދިސާ ހިނގީ ކޮމަންޑޫގައި ބިން ހިއްކަމުން އަންނަ ސަރަހައްދުގަ އެވެ. އެ ބޯޓު މިހާރު އޮތީ އެ ސަރަހައްދަށް ބީއްސާލައިފަ އެވެ.
ސިފައިން ބުނީ ފަޅައިގެން ގޮސްފައިވާ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.