ads
ޒަމީރު
މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެޖޯރިޓީ ނިމުކަށްގެނައީ ޕީޕީޢެމްގެ އެތެރެއިން"
މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެޖޯރިޓީ ނިމުކަށް ގެނައީ ޕީޕީއެމްގެ އެތެރެރިންކަމަށް ސިޓީ ކައުންސިލްގެ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު އަހްމުދު ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ޒަމީރު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ކޯރަމް ހަމަނުވެ ޖަލްސާތައް ނުބޭއްވި ދިއުމާއަމި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ. 

ޒަމީރު އިތުރަށް ވިދާޅުވީ ރައީސް ސޯލިހު އަށް އެމްޑީޕީގެ ސުޕާ މެޖޖޯރިޓީ އޮވެމެ ދެފަޅި ވުމުން އޭގެ ފައިދާ ކުރާނީ އިދިކޮޅަށް ކަމަށެވެ. އެގޮތަށް ސިޓީ ކައުންސިލުގެ އެތެރޭގެ ވެސް އޮތް މެޖޯރިޓީ އަމިއްލަ މަސްލަހަތުގެ ސަބަބުން އޭގެ ފައިދާ މިހާރު ކުރަނި ކައުންސިލްގެ މައިނޯރިޓީ އަށް ކަމަށެވެ. 

މިހާރު ފެންނަމުންދަނީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ޕީޕީއެމްއަށް ގެއްލިފައިވާ ތަން ކަމަށެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީ ކައުންސިލްގެ އެންމެ ފަހު ޖަލްސާ ދޫކޮށް ތިން ކައުންސިލަރުން ވަނީ ނުކުންނަވާފައެވެ. އެއީ އެމްޑީޕީގެ ދެ ކައުންސިލަރުން ކަމަށްވާ މަރިޔަމް ނާޒިމާ އާއި އައިޝަތު ނިޒްލީ ރަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ މެމްބަރު ރީހާން ނާޒިމް އެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުން ވެސް 9 މެންބަރަކު ވަނީ ޖަލްސާ ދޫކުރައްވާ ނުކުތުމުގެ ސަބަބުން ހުއްޓާލަން ޖެހިފައެވެ. އެދުވަހު ކައުންސިލަރުން ނިކުމެވަޑައިގެންފައިވަނީ އެޖެންޑާއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ސަބަބުންނެވެ. އެގޮތުން އެޖެންޑާގައި ހިމެނުއްވުމަށް އެބޭފުޅުން ހުށައެޅުއްވި ބައެއް ކަންތައްތައް އެޖެންޑާ ކޮށްފައިނެތުމުން ބައެއް ކައުންސިލަރުން ވަނީ ޖަލްސާއިން ނުކުންނަވާފައެވެ. 

ނަމަވެސް އެ ދެ ހުށަހެޅުން އެންމެ ފަހު ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ. އޭގެ އިތުރުން އެ ހުށައެޅުންތަކާއެކު އެޖެންޑާ ފާސްވެސް ކުރިއެވެ. މޭޔަރު މުއިއްޒު ވިދާޅުވީ މެންބަރުން ޖަލްސާގެ ކޯރަމް ގެއްލުވާލި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް