ads
ރީކޯ މޫސަ މާފުށީގައި އޮތް ކެންޕޭނު ޖަލްސާގައި
ހީކުރީ އެއީ ބަގާވާތެއް ކަމަށް، ފަހުން މަންޒަރު ބަދަލުވީ: ރީކޯ މޫސާ
ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަަހަރު ބަދަލުވީ ބަގާވާތަކުން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެންޕޭނު ޖަލްސާގައި މޫސާ މަނިކު މިހެން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ނުކުމެ، މުޒާހަރާކޮށް ބޮޑެތި ޖިސްމާނީ އަނިޔާތަކަކާ ވެސް މޫސައަށް ކުރިމަތިލައްވަންޖެހުނެވެ.

މޫސާމަނިކު ވިދާޅުވީ އޭރު އެއީ ބަގާވާތެއްކަމަށް ހީވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވެރިކަން ހަވާލުވުމުން އޭރު ކަން ހިނގިގޮތް ސާފުވިކަމަށެވެ.

"އަޅުގަނޑުމެންނަށް އޭރު ހީވީ ބަގާވާތެކޭ އެކަމަކު ފަހުން މަންޒަރު ބަދަލުވެއްޖެ،" -ރީކޯ މޫސަ-

ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ރީކޯ ވިދާޅުވީ އޭރު ވެރިކަން ބަދަލުވީ "ފޮށިގަނޑު ގެއްލި، ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި އަލިފާން ކަހަލަ ރުޅި އައިސް މީހަކު ދުއްވައިގަތީމަ،" ކަމަށެވެ،

ރީކޯ ވިދާޅުވީ، ރައީސް ނަޝީދު މިހާރު އުޅުއްވަނީ "ހުރިހާ ބާގީން ކޮނޑަށް ލައިގެން" ކަމަށެވެ.

ރޭ ރައީސް ސާލިހުގެ ކެމްޕޭނު ޖަލްސާ ކުރިއަށް ދިޔަ ވަގުތަކީ ރައީސް ނަޝީދު 'ދަ ޑިމޮކްރޭޓްސް' އަށް ސޮއިކުރަން ވެސް ނިންމެވި ވަގުތެވެ. ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށެވެ.  

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް