ads
ފްލައިޓެއްގައި އަނިޔާވެފަ ތިބި ބައެއް: ފައިލް ފޮޓޯ
ކޮޅިގަނޑެއްގައި ޖެހި ފްލައިޓެއްގައި ތިބި ޕަސެންޖަރުންނަށް ބޮޑެތި އަނިޔާތަކެއް
އެމެރިކާގެ ނޯތު ކެރޮލައިނާ އިން ފްލޮރިޑާއަށް ހުކުރު ދުވަހު ދަތުރުކުރި ފްލައިޓެއްގައި ބޮޑު ކޮޅިގަނޑެއްގައި ޖެހި، އެރި ވަރުގަދަ ލޮޅުންތަކުގެ ސަބަބުން ބައެއް ފަސިންޖަރުންނާއި ކްރޫ މެމްބަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

އެ ބޯޓުގައި 179 ފަސިންޖަރުންނާއި ހަ ފަޅުވެރިން ތިބިއިރު، ހަތަރު މީހަކު ވަނީ ޒަހަމްވެފަ އެވެ.

އެއް ފްލައިޓް އެޓެންޑެންޓެއް ފުލައިޓުގެ ތެރެއަށް ވިއްސައިގެން ގޮސް ފުލައިޓުގެ ފުރާޅުގައި ޖެހުމަށް ބޯޓުގެ ތެރެއަށް ވެއްޓިފައިވެއެވެ. އަދި ބޯޓުން ފޭބި ޕަސަންޖަރެއްގެ ބޮލުން ލޭއަންނަ މަންޒަރުވެސް ފެނުނުކަަށް ރިޕޯޓުތައް ބުނެއެވެ. 

ބޯޓު ސަލާމަތުން ޖެއްސިއިރު، ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ އެހީތެރިން ތިބީ ގޭޓުގައި މަޑުކޮށްގެންނެވެ. 

ބޯޓުން ދަތުރުކުރި ބައެއް މީހުން ބުނެފައިވަނީ "'ދަ މެޓްރިކްސް' ފިލްމުގައި އުދުހޭ މަންޒަރާއި އަޅާކިޔާއިރު، އެ ހަލަބޮލިކަން ބޮޑުވި" ކަމަށެވެ. އެ ފިލްމުގައި ފެންނަގޮތައް ޕަސެންޖަރުން ވައިގެ ތެރެއަށް އުކާލަމުން ދިޔަކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެފްއޭއޭ އިން އެ ހާދިސާ ތަހުގީގު ކުރަމުން އަންނައިރު، އެމީހުން ދަނީ ހަލަބޮލިކަން މެދުވެރިވީ ކޮން ސަބަބަކާ ހުރެތޯއާއި، އެހާ ބޮޑަށް ހާލަތު ގޯސްވީ ކީއްވެގެންކަން ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

މިއީ މެފަދަ ހާދިސާއެއް އެމެރިކާގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުވެސް މިފަދަ ހާދިސާއެއްގައި ހަވާއީއަށް ދަތުރުކުރި ފްލައިޓެއްގައި ތިބި 23 މީހުން ޒަހަމްވެފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް