ads
ރައީސް ސޯލިހު ކޮޅުފުށީ ސްކޫލް ހުޅުއްވައިދެއްވަނީ
ކޮޅުފުށީގައި ގިނަ މަޝްރޫއުތަކެއް ރައީސް ސޯލިހު އިފްތިތާހް ކޮށްދެއްވައިފި
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކޮޅުފުށީގެ ގިނަ މަޝްރޫއު ތަކެއް އިފްތިތާޙް ކޮށްދެއްވައިފިި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ކޮޅުފުށީ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން އަދި މ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި އާ އަށް ކްލާސް ރޫމްގެ އިމާރާތް ހުޅުއްވައިދެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނިގޮތުގައި މިދަތުރުފުޅުގައި އެއަތޮޅު އެހެނިހެން ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެއެވެ. 

ރައީސް ސޯލިހު މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަންނަވާނެ އެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ވ. އަތޮޅަށެވެ.

ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް