ads
އިމްރާން ކޮޅުފުށީގައި
ކޮޅުފުށިން ރައީސް ސޯލިހަށް 65 ޕަސެންޓް ހޯއްދައި ދޭނަން: އިމްރާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ވައުދު ތަކަކީ ފުދޭނެ ވައުދުތަކެއް ކަމަށާއި އެހެންކަމުން ކޮޅުފުށިން އެންމެ މަދުވެގެން 65 އިންސަައްތަ ވޯޓު ހޯއްދަވައިދެއްވަންވާނެ ކަމަށް ހޯމްމިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގައި ކޮޅުފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ 2004 ވަނަ އަހަރަށްފަހު މިހާތަނަށް ކަން ހިނގި ގޮތް ރަށުގެ ގިނަ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ސުނާމީގެ ސަބަބުން ކޮޅުފުށީގެ ތިންބައިކުޅަ އެއްބައި ރަށާއި ވަކިވެ ހަލާކުވެގެންދާތީ ކުރީގެ ސަރުކާރުތަކުގައި ރަށުގެ ރައްޔިތުން އާދޭސްކުރި ނަމަވެސް އެކަން އެ ސަރުކާރުތަކަށް ނުފެނުނު ކަމަށް އިމްރާން ވިދާޅުވިއެވެ.

ފެންނާނެ އެކަކު ނެތް. އަޑެއް އަހާލާނެ ރައީސަކު ވަޒީރަކު ނެތް،" އިމްރާން

އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ހަތަރު އަހަރު ނުވަނީސް ރަށް ހިމާޔަތް ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް