ads
ގދ. ނަޑެއްލާ އިސްކޫލުގެ އެންމެ މޮޅު ދަރިވަރު މުހައްމަދު މަނާލް މޫސާ/ އިސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި....
އަމިއްލަ އަށް ކާރެއް އުފައްދަން ކުރި އުންމީދުން ސްކޫލުގެ އެންމެ މޮޅު ދަރިވަރުކަން!
ކިޔެވުމަކީ އުނދަގޫ ހާލަތެއްކެވެ. ނަމަވެސް އެ އުދަނގޫ ހާލަތުން އަރައިގަނެވޭނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެނެވެ. ފާއިތުވެދިޔަ ދިރާސީ އަހަރުގައިވެސް ކިޔެވުމަށް މަސައްކަތްކޮށް މޮޅު ވަނަތައް ދަރިވަރުން ވަނީ ހޯދާފައެވެ. އެގޮތުން އުއްމީދާއިއެކު ކިޔަވާ، އެންމެ މޮޅު ވަނަތައް ހޯދި ކުދިންގެ ތެރޭގައި ހިމެނުނު މަނާލްގެ ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ.
"އަޅުގަނޑު ކިޔެވީ ގަޑި ބަހައިގެން. ހޭލާ ހުރެވެސް ކިޔަވަން. އެއީ އުއްމީދެއް އޮތީމަ."

މަނާލް ބުންޏެވެ.

ބައެއް ކުދިން އެކުދިންގެ މަންމަ ބުނާތީކިޔަވައެވެ. އަނެއްބައި ކުދިން އަމިއްލަ އަށް ވިސްނިގެންނެވެ. މީގެ ތެރެއިން ފަހުން ކުރިއަރައިދާނެ ދާއިރާއެއްގެ އުއްމީދުގައިވެސް ކިޔަވާ ކުދިން އުޅެއެވެ.

އެގޮތުން ގދ. ނަޑެއްލާ ސުކޫލުގެ އެންމެ މޮޅު ދަރިވަރު، މަނާލް ސުކޫލް މަރުހަލާ ނިންމާލީވެސް އުއްމީދެއްގައި ކަމަށް މަނާލް ވަނީ ބުނެފައެވެ. އެއީ ފަހުން ކުރިއަރައިދާނެ ދާއިރާއެއް ހޯދުމަށް ކުރި މަސައްކަތް ކަމަށްވެސް މަނާލް ބުންޏެވެ.

މަނާލްގެ ތައުލީމީ ހަޔާތް ކުރިއަށް ދިޔަ ގޮތް ސީއެންއެމް އަށް ކިޔަދެމުން ބުނީ ފުރަތަމަ ތައުލީމީ ހަޔާތް ފެށީ ދ. ކުޑަހުވަދޫ އިސްކޫލުގައި ކަމަށާއި، ނަމަވެސް އަށެއް ނުވައެއް ދިހައެއް ކިޔަވަން ޖެހުނީ ނަޑެއްލާ ސުކޫލުން ކަމަށެވެ.

މަންމަ ވަރަށް ހިތްވަރު ދިން. މަނާލް މޮޅު ކުއްޖަކަށް ހެދުމަށް ވަރަށް ވަރަށް މަސައްކަތް ކުރި" މަނާލް ބުންޏެވެ.

ދ. ކުޑަހުވަދޫ/މަލީޝާ/ މުހައްމަދު މަނާލް މޫސާގެ އެއްބަޑު އެއްބަފާ ތިބީ ދެ ކުދިންނެވެ. އެއީ މަނާލް އާއި އޭނާގެ ކޮއްކޮއެވެ. މަނާލްގެ ބައްޕަ އަކީ ކުޑަހުވަދޫ މީހެއް ކަމުން މަނާލް ފުރަތަމަ ތައުލީމީ ހަޔާތް ކުޑަހުވަދޫގައި ފެއްޓި ނަމަވެސް މަންމަގެ ރަށަށް ފަހުން ބަދަލުވެ، މަނާލް މަސައްކަތް ކުރީ އިތުރަށް ކިޔެވުމަށެވެ. އެއީ ގުރޭޑް 3،4 އެއްގައި ނަތީޖާ ދަށްވަމުންދިއުމުން އެކި މީހުންގެ ފަރާތުން އަމާޒުވި ބަސްތަކުގެ ސަބަބުން ކަމަށް މަނާލް ބުންޏެވެ.

ނަތީޖާ އޭރު ދަށްވި ނަމަވެސް ފަހުން ވަރަށް ބޮޑަށް ބަދަލު ގެނައި ކަމަށާއި، އެއީ އަބަދުވެސް އުއްމީދެއް އޮންނާތީ ކަމަށެވެ.

މަނާލް ކިޔެވުމަށް އުއްމީދު އާވި ގޮތް...

މަނާލް ބުނީ އުމުރުން ފަސް އަހަރުގައި ކާފަ ކުޑަ ކާރެއް ގަނެދިން ކަމަށާއި، އޭރުއްސުރެވެސް މަނާލް ކާރު ދުއްވަން ބޭނުންވާ ކަމަށެވެ. އޭގެ ފަހުން މަނާލް އަށް ކާރެއް ލިބުނީ ބައްޕަޔާއި ދޮންމަންމަ ގަނެދިން ބެޓެރި ކާރެއް ކަމަށާއި، އެކާރު އަމިއްލަ އަށް ރޫޅާއިގެން ހެދުމާއި އަބަދު އުޅެނީ ކާރު މަރާމާތް ކުރުމަށް ކަމަށެވެ.

" އަބަދުވެސް ޝައުގުވެރިކަން ހުންނަނީ ކާރު ރޫޅުއިގެން ކާރު ހަދަން. 5 އަހަރުން ފެށިގެން ބޭނުންވީ އަމިއްލަ އަށް ކާރެއް އުފައްދަން. އެހެންވެ ކިޔެވީ އެ އުއްމީދުގަ. އަޅުގަނޑަކީ މީ ގދ. ނަޑެއްލާ ސުކޫލުގެ އެންމެ މޮޅު ދަރިވަރު. އަމިއްލަ ކާރެއް ހެދުމުގެ ބޭނުމުގަ އެ ނަތީޖާ ހާސިލް ކުރަން ކިޔެވީ. ބޭނުންވަނީ އެ އުއްމީދުގަ ކުރިއަށްދާން." މަނާލް ބުންޏެވެ.

މަނާލް ބުނީ މަނާލް ބޭނުންވަނީ އިންޖިއަނަރިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށާއި، ކާރު އުފައްދާ ތައްޔާރު ކުރާ މީހަކަށްވާން ކަމަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި ކާރު އުފައްދާ މީހަކަށް ވުމަކީ އެއީ މަނާލްގެ އުއްމީދު ކަމަށްވެސް މަނާލް ކިޔައިދިނެވެ.

"ފަހުން ކާރެއް ނުލިބުނީމަ ދެން މަނާލް ހެދި ގޮތަކީ ކާރު ކުރަންހަން ފެށީ. ވަރަށް ގިނައިން ހުންނާނެ ކުރަހާފަ." މަނާލް

your imageގދ. ނަޑެއްލާ އިސްކޫލުގެ އެންމެ މޮޅު ދަރިވަރު މުހައްމަދު މަނާލް މޫސާ/ ކާރެއް އަމިއްލަ އަށް ތައްޔާރު ކުރުމަށް ހުރި ޝައުގެ ބޮޑު ކަމުން ކުރަހާފައިވާ ކާރެއްގެ ތެރެއިން އެއްކަާރުގެ ފޮޓޯ....

މަނާލް ބުނީ މިހާރު މަނާލް އިތުރަށް ކިޔެވުމަށް މާލެ އައިސްފައިވާ ކަމަށާއި، މަނާލްގެ ވިސްނުމުގައި ހުރީ ޑިގްރީ ފުރިހަމަ ކުރުމަށްފަހު ރާއްޖެއިން ބޭރަށް ގޮސް ކާރު އުއްފައްދާ މަރާތު ކޮށް އަމިއްލައިން ކާރު ތައްޔާރު ކުރެވޭނެ ގޮތް ބަލާ ދަސް ކޮށް އެދުވަސް ދެކެން ކަމަށެވެ.

"ޔޫޓިއުބުން އަބަދުވެސް ބެލޭ ކާރުޙާނާތަކުން ކާރުތައް ރޫޅާލާ މަރާމާތު ކުރާ ވޯޑިޔޯ. އެކަމަށް ވަރަށް ޝައުގު އެބަހުރި އެކަން ކުރާނަން. ރާއްޖެއިން ބޭރަށް ގޮސްގެންވެސް ދަސްކުރަން ބޭނުން،" މަނާލް

މަނާލް އެންމެ ކަންބޮޑުވަނީ މާނާލް ބޭނުންވާ ދާއިރާއިން ރާއްޖޭގެ ހުރެގެން ކުރިއަށް ދެވެން ނެތުމުން ކަމަށާއި، ނަމަވެސް އެ އުއްމީދު ހާސިލް ކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މަނާލް ބުންޏެވެ.

މިއީ ނަޑެއްލާ ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ ވާހަކައެވެ. އޭނާ ވަނީ ކިޔެވުމަށް އެތައް ގޮންޖެހުންތަކާއި ކުރިމަތިލާ ކާމިޔާބު ހޯދާފައެވެ. އޭނާގެ ކިޔެވުމަށް ޝައުގު އުފުދުނު ގޮތް ކިޔައިދީފައިވާއިރު، އޭނާގެ އުއްމީދުތައް ވަރަށްވެސް ފުރުހަމަވެފަ ތަފާތެވެ. 

މަނާލް ކުޑައިރު މަނާލްގެ ކާފަ ދިން ކާރާއިއެކު އަމިއްލަ އަށް ކާރު ތައްޔާރުކޮށް، އުފެއްދުމަށް ހިތުގައި އުފެދުނު ޝައުގުގައި މަނާލްގެ ބައްޕަ ދިން ކާރު ރޫޅާލާ އަމިއްލަ އަށް ކާރެއް އުފެއްދަން ވިސްނި ވިސްނުމުގެ ސަބަބުން މަނާލްގެ ވިސްނުން ބަދަލުވީ ކާރެއް އަމިއްލަ އަށް އުފެއްދޭނީ ކިޔަވައިގެން ކަމަށެވެ.

އޭގެ ނަތީޖާ އަކީ މިއަދު މަނާލަކީ ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފް ލިބުނު ކުއްޖާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް