މި ފަޅު އެ ކުންފުންޏަށް ދީފައިވަނީ އއ. މަތިވެރި ފަޅުތެރޭގައި އޮންނަ މަތިވެރި ފިނޮޅުގެ ބަދަލުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބައެއް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ފަޅު ދީފައިވަނީ ޖާބިރު އާއި ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުންޏަށެވެ.
ޖާބިރަށް މަތިވެރި ފިނޮޅު ގެއްލުނީ މަތިވެރީގެ އިހްތިސާސްގެ ތެރޭގައި އެ ފިނޮޅު ހިމެނުމާއި ގުޅިގެންނެވެ.
ދާދިފަހުން ޖާބިރު ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.